ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް އާމިނަތު ނުޒުހާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމުގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ގިނަ ފަރާތްތަކަކުން ކުރިމަތިލިއެވެ. އެއީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އަދި މަޖިލީހަށް އެމަނިކުފާނުގެ ވެރިިކަމުގައި 8 ފެބުރުވަރީ 2023ގައި މަޖިލީހަށް ފަސް ނަމެއް ފޮނުއްވިއެވެ.
ކުރީގެ ރައީސް ސޯލިހު މަޖިލީހަށް ފޮނުވި ނަންތައް:
- އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
- ހުސައިން އަމްރު، ވ. ރޯޝަންޝާން
- ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ
- މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
- މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ
އެ ނަންތަކުގެ ތެރެއިން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ތިން ނަމެއް މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ.
ކޮމެޓީން މަޖިލީހަށް ފޮނުވާފައިވާ ނަންތައް:
- އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
- ހުސައިން އަމްރު، ވ. ރޯޝަންޝާން
- މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ނުޒުހާ އެ މަގާމަށް އައްޔަން ކުރުމަށް ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. އެހެންކަމުން އެހެން ނަންތަކަކަށް ވޯޓެއް ނާހައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ ބްރޯޑްކާސްޓަރުން މޮނީޓަރކޮށް ޒިންމާދާރުގޮތުގައި އެ މަސައްކަތް ކުރިއެރުވުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އެ ކޮމިޝަންގެ މަގުސަދުތަކުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅުން ހިމެނެއެވެ.
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި