ކޯޓުތަކުގެ އިދާރާ ހިންގުމާ ގުޅޭ ކަންކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދިނުމަށްޓަކައި ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލަން ޖޭއެސްސީން ނިންމައިފި އެވެ.
ޖޭއެސްސީން ބުނިގޮތުގައި އެގޮތަށް ހަމަޖެއްސީ ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަން ނިންމާއިރު ފަނޑިޔާރުންގެ ލަފާ ހޯދުމާއި ފަނޑިޔާރުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ.
ޖޭއެސްސީން ބުނިގޮތުގައި އެ ބޯޑުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރާއި ދަށު ކޯޓުތަކުގެ އިސް ގާޒީންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ އިސް ގާޒީއެއްގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ މެޖިސްޓްރޭޓަކާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ.
ޖޭއެސްސީން ބުނިގޮތުގައި ސުޕީރިއާ ކޯޓުތަކުގެ އިސް ގާޒީންގެ ތެރެއިން އެ ބޯޑަށް އައްޔަންކުރާ އިސްގާޒީ އާއި މެޖިސްޓްރޭޓް ކޯޓުތަކުން އެ ބޯޑަށް އައްޔަންކުރާ މެޖިސްޓްރޭޓުން އައްޔަން ކުރާނީ ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވާ ގޮތަށެވެ.
އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައިފި
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި