ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރުގައި އޭރު ހިނގާދިޔަ އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވި އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ނަޝީދު (ބޭބީ) މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 52 އަހަރެވެ. ނަޝީދުގެ މަރާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަތައް އަންނަނީ ހިއްސާ ކުރަމުންނެވެ.
އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމު ގެނައުމަށް ކުރި ދަތުރުގައި އަގުހުރި ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއް ކަމަށެވެ. އަދި އޭނާ އަކީ ބިރުކުޑަ ކެރޭ މީހެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރެއްވިއެވެ.
އޭނާ އަކީ އެމްޑީޕީގެ އިސް ސަފުން ފެނިގެން ދިޔަ މީހެކެވެ. އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީން ވަކިވެ، ޕީޕީއެމްއާ ގުޅިފައެވެ. ނަމަވެސް ފަހުން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީއާ އޭނާ ވަނީ ގުޅިފައެވެ.
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް