ފާއިތުވެދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތި، ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައި ވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހާރު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ 44.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތު ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައިވާ ކަމަށެވެ.
"މިއީ ރައީސް މިފަދަ ކަންކަމަށް ދެއްވާ އަހައްމިޔަތު. ރައީސްގެ ސީދާ އިންސްޓްރަކްޝަނަކީ މިކަންކަން 100 ޕަސެންޓު ރައީސްގެ މި ފަސް އަހަރު ތެރޭގައި ހުއްޓުވުން،" އިހުސާން ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް އަނބުރާ މުޖުތަމައު އަށް ގެނައުމަށް ވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެ، އިހުސާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 700 އެއްހާ މީހުން ފަރުވާ ނުފެށި ތިބި ކަމަށެވެ.
"މީގެތެރެއިން 300 އެތައް ބައެއްގެ ފަރުވާ ވަނީ ފެށިފައި. ބާކީ ތިބި މީހުންގެ ފަރުވާގެ ކަންކަން ހަމަޖައްސަމުން އަޅުގަނޑުމެން މިހާރު މިދަނީ،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ ހަލުވިކަން މަތީ ކުރިޔަށް އޮތް ފަސް އަހަރު ރައްޔިތުންނާއި ގައުމުގެ ހެވާ ލާބައަށް ގިނަ ކަންތައްތަކެއް ކުރެވިގެން ދާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް