ގައުމު ދާ މިސްރާބު ބަލަން ލޯމަރައިގެން ތިބެވެން ނެތް ކަމަށާއި ގައުމު ދަނީ ފުން އަނދަވަޅަކަށް ވެއްޓެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ހިންނަވަރު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މިހާރުވެސް އެދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ ހިންނަވަރުގައި ހުންނަވައިގެން ވާހަކަދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އައި އެންމެ އުނދަގޫ ދުވަސްތަކުގައި [ކޮވިޑް19 ގެ ދުވަސްވަރު] ވެސް ރައްޔިތުންގެ ހެވާއި ލާބައަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި އެތައް މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.
އެގޮތުން ބައެއް ކަންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ފެނާ ނަރުދަމާ އާއި ކަރަންޓާ ލަފާ ފުރުމުގެ ގިނަ މަޝްރޫއުތަކެއް އޭރުވެސް ކުރިޔަށް ގެން ގޮސްފައި ވާނެ ކަމަށެވެ.
"މިއަދުގެ ސަރުކާރުން އެއްވެސް އާ ކަމެއް ކުރާތަނެއް ނުފެނޭ. އަޅުގަނޑުމެންގެ ސަރުކާރުން ނިންމުމާ ގާތްވެފައި ހުރި މަޝްރޫތައް އާ މަޝްރޫއުތައްވެސް އެއީ އާ މަޝްރޫއުތައް ކަމަށް ހަދާ އޮޅުވާ އެބަލާ،" ފާއިތުވި ފަސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިންތިހާބު ތެރޭގައި ހެދި ދޮގުތަކާއި ނަފުރަތާއި އޮޅުވާލުންތަކުން ރައްޔިތުންނަށް މަންޒަރު އޮޅިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ ރައްޔިތުންނަށް އެކަން ހާމަވާން ފަށައިފި ކަމަށާއި މިއަދު އެކަމާއި ރައްޔިތުން ކަންބޮޑުވާ ކަމަށް ރައީސް އިބޫ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް މިއޮތް 20ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީން ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށާއި އެޕާޓީގެ އަމާޒަކީ ހަމަ މަގުން ނެއްޓިފައިވާ މި ސަރުކާރު ހަމަ މަގަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ގެނައުން ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ގައުމުފުންއަދަވަޅަކަށްވައްޓާލިޔޭކިޔާފަވާހަކަދައްކަންލަދެއްނުގަނޭތަ. ގައުމުދަރުވާލާމުޅިގައުމުގެތިޖޫރި ބަނޑުއަޅައިގެންބަކީހުރިއެތިކޮޅުޕާޓީކުދިންނަށްބަހާހުސްކޮށްލާހުއްޓާރައްޔިތުންނިކުމެލިބުނުފުރުސަތުބޭނުންކޮށްވެރިކަމުންބާލީމަވެސްއަދިވެސްގައުމޭކިޔާވާހަކަދައްކަންލަދެއްނުގަނޭތަ.ލަދުހަޔާކުޑަވިއަސްތީވަރެއްނޫން!
އަލީއަނދަވަޅުކޮނުނީ ކަލޭވެރިކަމުގަހުރިއިރު ދިވެހިންވައްޓާލަން. ދެންމިހާރުކޮންހށފެލުމެއް ތިފެލެނީ
ކުރުސި