ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި މީގެކުރިން ދެ މީހަކު ހައްޔަރުކުރިއެވެ. އެ ދެ މީހުންގެ ބަންދަށް މީގެކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދަށް ޖަހައިފައެވެ.
އިތުރު މީހަކު ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހާ ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ތިންވަނަ މީހެއްގެ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ އދ. މާމިގިލީ ކެމީހިޔާ، ޒަހާން ނަސީރު ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ޒަހާނަކީ ޕީޖީ ޝަމީމަށް ފާރަލީ މީޙުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އަދި އޭނާ އަކީ ކުށުގެ ރިކޯޑު އޮންނަ ފަރާތެކެވެ.
އެކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެން ކޮން ބައެއްކަން ނޭނގޭ ގޮތަށް ކަމަށާއި އެހެންނަމަވެސް އެކަން ކުރި ބަޔަކު މިހާރު ދެނެގަނެވިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބިރި ގެއަށް ވަޑައިގެންނެވި ތަނުން ކަމަށްވެއެވެ. އަދި އެ ހަމަލާގެ ސަބަބުން ޝަމީމްގެ ވާތު އުޅަނބޮށީގެ ކަށިތަކުގައި ރެނދުލާފައިވާ ކަމަށްވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް