ދިވެހި މުޖުތަމައުގައި ހަވާސާވެފައި ތިބި މީހުންނަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދީގެން އެމީހުން "ރާޑަރުގެ" މެދަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވަނީ ސަރުކާރުގެ ހަފްތާ14 ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒު ހުޅުވައި ދެއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިސްރަށްވެހިންގެ އިތުރަށް، މުޖުތަމައުގައި އިސްކަންދޭންޖެހޭ ހަވާސާ ކުރެވިފައި ތިބި އެތައް ބަޔަކު އެބަ ތިބި ކަމަށެވެ. އިސްރަށްވެހިންނަށް ދޭންޖެހޭ އިސްކަން، އެމަނިކުފާނުގެ ސަރުކާރުން "މެއިންސްޓްރީމް" ކޮށްގެން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ހަމަ އެއާއެކީގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ހަވާސާވެފައިވާ، އަޅައިނުލެވި، ސަރުކާރުގެ ރާޑަރަށް ނާރައި، އަބަދުވެސް އެއްކައިރީގައި، ބަޖެޓުގެ ގޮތުން ބެލިޔަސް، އެކިކަހަލަ ރިސޯސްތައް ފޯރުކޮށްދިނުން ކަމުގައިވިޔަސް، އެކި ކަންކަމުގައި ހަވާސާ ކުރެވިފައި ތިބި އެކިއެކި ފަރާތްތައް މެއިންސްޓްރީމް ކޮށްގެން، ރާޑަރުގެ މެދަށް އަރުވައިގެން ގައުމު ހިންގުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވިސްނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިސްރަށްވެހިންގެ ނާދީ ހުޅުވައި ދެއްވަނީ: ފޮޓޯ | ރައީސް އޮފީސްއެމަނިކުފާނުގެ ވާހަކަފުޅުގައި އިސް ރަށްވެހިންނަށް މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ އެންމެބޮޑު ދަތިކަމަކީ، ގޭތެރޭގައި ކަންތައްތައް ނުވަތަ ގެދޮރުގެ މައްސަލަތައް ވިދާޅުވިއެވެ. އެގޮތުން އިސްރަށްވެހިންނަށް ގެދޮރު ދިނުމުގައި އިސްކަން ނުދެވޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ، ހާއްސަ ސަމާލުކަން ދެވިގެން، ތިޔަ ލޮބުވެތި ރައްޔިތުންނަށް، ކުރިއަށް އޮތް ތަނުގައި، މި ސަރުކާރުން ގާއިމްކުރާ ގެދޮރުގެ އެކިކަހަލަ މަޝްރޫއުތަކުގައި، މި ސަމާލުކަން ދެވިގެން ވަރަށް ބޮޑުތަނުން ފުރުސަތު އިތުރުވެގެންދާނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުުވިއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތައް ހިމެނޭ ގޮތަށް މަރުކަޒުތަކެއް ގާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								