އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިވާން ނުޖެހޭ ކަމަށް އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ އިންތިޒާރު ކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާ ނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށެވެ. ރާއްޖެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭ ކަމަށާއި އިގްތިސޯދީ ހާލަތުވެސް ކުރީން ލަފާކުރި ވަރަށްވުރެން ވެސް ބާރަށް ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ އައިއެމްއެފުގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މީގެކުރިން ވެސް ފާހަގަކޮށްފައެވެ. ވަކިން ހާއްސަކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ގިނަވުމުން އެ ހާލަތުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ. މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އިގްތިސޯދު 5.5 ޕަސެންޓުގައި ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ