ރައްޔިތުންގެ މަޖިލީހަކީ މި ސަރުކާރުން ގަބޫލުކުރާ ތަނެއް ނޫން ކަމަށާއި މަޖިލީހުން ޒިންމާ އަދާނުކުރާނަމަ ގައުމު ސަލާމަތް ނުވާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ވަޒީރުން ޖަވާބުދާރީ ކުރުވުމަކީ މަޖިލީހަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވާތީ އެކަން މަޖިލީހުން ކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރަކީ މަޖިލިސް ގަބޫލުކުރާ ސަރުކާރެއް ނޫން ކަމަށާއި އެކަން ފެންނަނީ ޑިމޮކްރަސީ ނޯންނަ ގައުމުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ބާރަކީ އޮންނަންޖެހޭ ބާރެއް ކަމަށް ސަރުކާރުން ގަބޫލެއް ނުކުރޭ. ވަޒީރަކަށް ރުހުން ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސަރުކާރުން ގަބޫލު ކުރަނީ. ވަޒީރަކާ ސުވާލު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ސަރުކާރުން ގަބޫލު ކުރަނީ." ސައުދު ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރުންނަކީ ސަރުކާރުން ބުނާހާ ކަމަކަށް އާނ ބަސް ބުނަންޖެހޭ ބައެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް ސައުދު ވިދާޅުވި އެވެ. އަދި މި ސަރުކާރު އައީ ގައުމިއްޔަތުގެ ކާޑެއް ކުޅެގެން އޮޅުވާލުމުގެ ތެރެއިން ކަމަށާއި އަދި އިންޑިއާ ސިފައިންނާއި ޗާޖޯސްގެ މައްސަލަ މިހާރު ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ސައުދު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ހުރީ ކޮމިއުނިސްޓް ވެރިކަމަކާ ދިމާލަށް ކަމަށެވެ. އެގޮތުން ޕީޕީއެމާއި ޕީއެންސީ ނޫން ބަޔަކު މި ގައުމުގައި ތިބެގެން ނުވާނެ ކަމަށް ސަރުކާރުން ދެކޭ ކަމަށާއި މި ސަރުކާރުގެ ސިޔާސަތު ހުރީ ދާހިލީ ހަމަނުޖެހުމާ ދިމާލަށް ގައުމު ގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ދައުރު ކުރިއަށް މި އޮތް ދުވަސްތަކުގައި އަދާނުކޮށްފިއްޔާ މި ގައުމު ސަލާމަތެއް ނުވާނެ." ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް ބުނެ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާ ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ބޭރު ގައުމުތަކަށް އަބަދު ދަތުރު ކުރަމުންދާއިރު ރައްޔިތުންނަށް ލިބުނު މޮޅެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަސްވެރިންނަށް ދެމުންދާ އަގު ވެސް ކުޑަކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މަސް ޓަނަކުން 5,000 ރުފިޔާ ކުޑަ ކުރުމަކީ ސަރުކާރުގެ ފެއިލީއެއް. ހަމަ ބޮޑު ފެއިލިއާއެއް." ސައުދު ވިދާޅުވި އެވެ.
ސައުދު ވިދާޅުވި ގޮތުގައި ސަރުކާރުގެ މަތި ބަރުވެފައިވާ ކަމަށާއި ވަޒީރުންނަށް ނޭނގޭ މިންވަރަށް ސިޔާސީ މަގާމުތައް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް އޮފީހުގައި ވެސް ކަންކަން ހިނގަނީ ކަމަށް އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިސްޓަރުންނަކަށް ނޭނގެ އެ މިނިސްޓްރީތަކުގައި ތިއްބަވާ ސިޔާސީ ބޭފުޅުންގެ އަދަދެއް." އޭނާ ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ރާއްޖެ ބާކީވަމުންދާ ކަމަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								