ގުޅީފަޅު ހިއްކުން ހުއްޓުމަށް އިއްޔެ ހައިކޯޓުން ނެރުނު އަމުރަކީ ސަރުކާރުން އެދިގެން ނެރުނު އަމުރެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ރައްދު ދެއްވައިފިއެވެ.
އެކްސްގައި މިނިސްޓަރު މުއްތަލިބް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ހައި ކޯޓުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކުރި ފަރާތްތަކަކީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.
"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުމުން ސިވިލް ކޯޓުން ނިންމާފައި އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ.
ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގެ މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ކަމަށެވެ. އަދި އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާތީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ