އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު ސަރުކާރު ބަދަލުވުމުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު އަމިއްލަ ގޮތުން ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އެ ދެ މެންބަރުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރެއްވިއިރު އެ ދާއިރާތަކަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން ވެސް ވަނީ އިންތިހާބުކޮށް ޓިކެޓު ވެސް ހަވާލު ކޮށްފައެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ދެ މެންބަރުންނަކީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.
އެ ދެ ބޭފުޅުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރައްވަނީ ޕާޓީގެ ލީޑާޝިޕުގެ ރުހުން އޮވެގެން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ވެސް ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރައިމަރީގައި ވާދަކޮށް އެ އިންތިހާބުން ނާކާމިޔާބުވި ބައެއް ފަރާތްތައް އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ވަނީ ނިންމައިފައެވެ.
ޕީޕީއެމް / ޕީއެންސީން ވަނީ މަޖިލިސް އިންތިހާބުގައި އެ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވައިފައެވެ. އެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރިއެވެ. ބަލިވި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރަން ނިންމައިފައެވެ. އަދި ބައެއް ފަރާތްތަކުން މިހާރު ވަނީ އިލެކްޝަންްސް އަށް ފޯމު ހުށަހަޅައިފައެވެ.
އެގޮތުން ޕީޕީއެމް / ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
މީގެއިތުރުން ހުރާ ދާއިރާ އަށް ޕީޕީއެމް / ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމު ވެސް ވަނީ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަ ކުރަން ނިންމަވައިފައެވެ.
ހަމައެއާއެކު މިލަންދޫ ދައިރާގެ ޕްރައިމަރީގައި ވާދަކުރި ނަބީލް ޒަމީރު ވެސް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރަން ވަނީ ނިންމައިފައެވެ. އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ 18ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި ހަސަން މުފީދެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								