ލ. ފޮނަދޫގައި ބާއްވަން ރޭވި މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރުމުން ބަދަލު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.
ފޮނަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މަސްރޭހެއް ބާއްވަން ނިންމި އެވެ. ނަމަވެސް އެ މަސް ރޭހަށް ފުރައިގެން ދިޔަ ފަހުން މަސް ރޭސް ކެންސަލްކުރި އެވެ.
އެ މައްސަލާގައި އެ ކޮމިޓީއާ ދެކޮޅަށް ދައުވާކުރީ އެ ރޭހުގައި ބައިވެރިވާން އުޅުނު ޓީމެއްގެ މީހެކެވެ.
އެ މީހާ ދައުވާކުރީ ލޯންޗު ކުއްޔަށް ހިފުމަށާއި ތެޔޮ އެޅުމަށާއި އެހެނިހެން ސާމާނު ގަތުމަށް ހަރަދުކުރި 3،200ރ. ހޯދުމަށެވެ. އެކަމަކު އަންހެނުންގެ ކޮމިޓީން ބުނެފައިވަނީ މަސްރޭސް ކެންސަލްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ފޮނަދޫ ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ވަނީ އިންސާނުންގެ ބާރު ނުހިނގާ ގުދުރަތީ ކަންކަމާ ގުޅިގެން ލިބޭ ގެއްލުންތަކަށް ޒިންމާވާން ނުޖެހުމަކީ ދުނިޔޭގެ ހުރިހާ ނިޒާމުތަކެއްގައި ބަލައިގެންފައިވާ އުސޫލެއް ކަމަށް ހުކުމުގައި ވެ އެވެ. އެހެންވެ، އަންހެނުންގެ ކޮމިޓީން އަމަލުކުރީ ގަވާއިދާ ހިލާފަށް އަދި ޒިންމާދާރުކަން ކުޑަކޮށް ކަމަށް ނިންމެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި