ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބައެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭތީ އެ ފަރާތްތައް ރީ ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ ލިސްޓެއް އާއްމު ކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުގައި 4،651 މީހުންގެ ވޯޓުގެ ސިއްރުކަން ގެއްލެއެވެ.
އީސީގެ އިއުލާނުގައި ބުނީ އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުގެ ހެނދުނު 08:30 އިން ފެށިގެން މާދަމާގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި އާންމުކޮށް ފެންނަން ހުންނާނެއެވެ.
މަޖިލިސް އިންތިހާބުގައި ރީ ރަޖިސްޓްރީވާން ހުޅުވާލި މުއްދަތު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހަމަވިއިރު އިލެކްޝަންސް ކޮމިޝަނުން ދިން ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓަރީ ކުރުމަށް 13،378 މީހުން ފޯމު ހުށަހަޅާފައިވެއެވެ.
އޭގެތެރެއިން 11،919 މީހުން ރީރަޖިސްޓަރީ ކޮށްދީފައިވާއިރު 1459 ހުށަހެޅުން ބަލައިނުގަންނަން އިލެކްޝަންސް އިން ވަނީ ނިންމައިފައެވެ.
ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވާއިރު ވޯޓުފޮށި ބަހައްޓަނީ މެލޭޝިޔާ އާއި ސްރީލަންކާގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ