ސަރުކާރު ހިންގާ މައި ދެޕާޓީ ޕީޕީއެމް/ޕީއެންސީން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
މި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީއޭގެ މަޖިލިސް މެންބަރުން ހިމެނޭހެން ޖުމްލަ 23 މެންބަރަކު ސޮއި ކުރައްވައެވެ.
އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގަރާރުގައި ބުނެފައި ވަނީ އެ ދެބޭފުޅުން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތި ކޮށްފައިވާ ޒިންމާތަކުން ހިލާފުވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އެ މައްސަލާގައި އަސްލަމާއި ސަލީމަށް ވަނީ މަޖިލީހުގެ އިދާރާ އިން ނޯޓިސް ވެސް ފޮނުވައިފައެވެ. ނަމަވެސް އެ މައްސަލަ މިވަގުތަށް ގެންދަން ނުފެންނާތީ އެ މައްސަލަ ވަނީ ނަގައިފައެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި