ރާއްޖޭގެ އަތޮޅު ކައުންސިލެއްގެ ރައީސްގެ މަޤާމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބުވެއްޖެ އެވެ.
މިއަދު ބޭއްވި ފ އަތޮޅު ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެން އެ މަގާމަށް ވަޑައިގަތީ ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވި ހައްވާ އަބްދުލް އަޒީޒެވެ.
ހައްވާ އަބްދުލް އަޒީޒް އާ ދެކޮޅަށް މިއަދު އިންތިޚާބުގައި ވާދަކޮށްފައިވަނީ އެމްޑީޕީ ކެނޑިޑޭޓެކެވެ. ބައި އިލެކްޝަންގައި ހައްވައަށް 941 ވޯޓް ލިބިފައިވާއިރު, އެމްޑީޕީގެ ކެނޑިޑޭޓަށް ލިބިފައިވަނީ 887 ވޯޓެވެ.
ފ އަތޮޅު ކައުންސިލްގެ އިތުރުން މިއަދު ވަނީ ވ ފެލިދޫ ކައުންސިލްގެ ރައީސާއި, ރަސްގަތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓްލުން ކުރިޔަށް ގޮސްފައެވެ.
ފެލިދޫގެ ރައީސްކަމަށް ހޮވިފައިވަނީ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް ވިޝާމެވެ. ރަސްގެތީމު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ނެގީ ކޮންގްރެސް ޕާޓީއާ ވާދަކޮށް އެމްޑީޕީންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ