އެމްޑީޕީގެ މެމްބަރުން ވޯޓު ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ބަދަލު ގެނައީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭ ގޮތަށެވެ. ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.
އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ. އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމީ އިއްޔެ އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރުގެ ބައެއް މަގާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮތުމުންނެވެ. އެހެންވެ، އެ އިސްލާހުގެ ދަށުން އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ