ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް ވެސް އަދި މޮޅެއް ވެސް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދަކީ މިއަހަރަށް ރަައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހެވެ. މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ވަޑައިގެން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ވެސް މިއަދު ވަނީ އިއްވަވައިފައެވެ.
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގައި ތިންބާރުވެސް އޮންނަނީ ވަކިކޮށް ކަމަށެވެ. އެހެންކަމުން އެއްބާރުން އަނެއްބާރަށް ފާރަވެރިވެރި ވާންޖެހޭ ކަމަށެވެ.
"މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއްބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގައިތުމަށް ދަންނަވަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އަސްލަމް މިފަދައިން ވިދާޅުވެފައި މިވަނީ މަޖިލީހުން ރުހުން ނުދޭން ނިންމި ތިން ވަޒީރަކު އަލުން ހަމަ އެ މަގާމުތަކަށް ރައީސް މުއިއްޒު އައްޔަން ކުރައްވާފައި ވަނިކޮށެވެ. އަދި އެ މައްސަލާގައި މިއަދު މަޖިލީހުގެ އިދިކޮޅު ދެ ޕާޓީ ވެސް ވަނީ ޖަލްސާ ބޮއިކޮޓު ކޮށްފައެވެ.
މަޖިލީހުން ރުހުން ނުދެނީ ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ