ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފިއެވެ.
އެކަން އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައެވެ. ރައީސް ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި ދަައުލަތުގެ ދަރަނިތައް އިތުރުވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ސަރުކާރުތަކުގެ ހަރަދު ބޮޑުވުން ކަމަށެވެ.
ނަމަވެސް އިގްތިސޯދު ހަމައަކަށް އެޅުވުމުގެ ގޮތުން ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އިސްލާހީ ސިޔާސަތުތަކެއް އެކަށައަޅައި ހިންގާނެ ކަމަށެވެ. އެގޮތުން ދައުލަތުގެ މާލިއްޔަތުން ވަމުންދާ އިސްރާފުތައް ކުޑަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވިއިރު އެމަނިކުފާނު ވަނީ ވެރިިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެސް ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާނީ ވަކި މިންވަރެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން 700 ސިޔާސީ މަގާމަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި