ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު ހިނގަމުން އެ ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޝަރުއީ ދާއިރާ އަށް ސަރުކާރުން ފޯރުވަމުން ދިޔަ ނުފޫޒުތައް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ އަށް ސަރުކާރުތަކުން ފޯރުވާ ނުފޫޒު އިތުރަށް ކުޑަ ކުރުމަށްޓަކައި ރިޔާސީ އިންތިހާބުފައި ވައުދުވެވަޑައިގެންނެވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތައް ގެންނަވާނެ ކަމަށެވެ.
ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމުގެ ބަދަލުގައި ދެމުން ގެންދާނީ އެއްބާރުލުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވީ އެމަނިކުފާނުގެ ސަރުކާރުން އެ އުސޫލު ދަމަހައްޓަވާނެ ކަމަށެވެ.
ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި އެ ރޮނގުން އެމަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ދެއްކެވި ވާހަކައާ އެއްގޮތަށް އެމަނިކުފާނުގެ ބަހާއި އަމަލު ސީދާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވާނެ ކަމަށާއި އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން