މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަށް މަޖިލީހުން ރުހުން ނުދޭ ތިން ވަޒީރުންނަށް ދައުވަތު ދެއްވާފައި ވާތީ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން މާދަމާގެ ޖަލްސާ ބޮއިކޮޓު ކޮށްފިއެވެ.
އެކަމާއި ގުޅިގެން ޑިމޮކްރެޓުން ނެރެފައިވާ ނޫސް ބަޔާނެއްގައި މިރޭ ބުނީ މާދަމާ، ރައީސް މުއިއްޒު ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
"އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރު ލިބިދެވޭ ގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ" ބަޔާނުގައިވެއެވެ.
އެހެންކަމުން އެ ސަބަބުތަކަށްޓަކައި މާދާމާގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ ކަމަށް އެޕާޓީން ބުންޏެވެ.
މަޖިލީހުން ރުހުން ނުދެނީ ބަންޑާރަ ނާއިބު އަހްމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަށެވެ. ނަމަވެސް ރައީސް ވަނީ ހަމަ އެބޭފުޅުން އަނެއްކާވެސް އެ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ