ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ނަމުގައި ފަށާފައިވާ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު ވަނީ ކުރީ ސަރުކާރުން ދިން ގޯތިތައް ލިބުނު މީހުންނަށް އެ ގޯތިތައް ލިބޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ދެއްވައިފައެވެ. ރައީސް މުއިއްޒު ވިދާޅުވީ މިހާރުވެސް ހައުސިން މިނިސްޓްރީން ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން އަދި ހިއްކާ ނުނިމޭ ތަންތަން ކަމަށްވާ ގުޅީފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަންތަން ލިބޭނެ ކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ނަމަވެސް ވަގުތީ ރަޖިސްޓްރީއެއް، ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދިނުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިވަގުތު ނުހިއްކާ ހުރި ބިންތަކުގެ ތެރެއިން ގުޅީފަޅުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ ތެރެއިން 100 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭރު ނިންމީ ގުޅީފަޅުން 65 ހެކްޓަރުގެ ބިން ހިއްކާށެވެ. އެއީ އެތަނުގައި ސަރަހައްދީ ބަނދަރެއް ގާއިމް ކުރުމަށާއި މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި އެއްކޮށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމީ ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ގިރާވަރުފަޅުން ވެސް އިތުރަށް ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް