މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި އޮތް ތިން މަސް ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރި ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވެސް އިންޑިއާ ސިފައިން މަސް ދޯންޏަކަށް އެރި ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެރި ދޯންޏަކީ މިދިޔަ ބުދަ ދުވަހު ވެސް އިންޑިއާ ސިފައިން ހުއްޓުވި ދޯންޏެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
އެކްސްގައި އެ ޖަމިއްޔާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެކެއް ފެބްރުއަރީ 2024 ވަނަ ދުވަހުގެ ރޭ "މާހޯރަ 3" ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ. އެ މައްސަލަ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ބުދަ ދުވަހު މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ރޭ ޑިފެންސް މިނިސްޓްރީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އަރާ ހިންގި އޮޕަރޭޝަންގެ ތަފްސީލީ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާ ކޮށް ދިނުމަށް އެދި އިންޑިއާ ސަރުކާރަށް ފޮރިން މިނިސްޓްރީން މެދުވެރިކޮށް އަންގާފައިވާ ކަމަށެވެ.
އަދި ބުނީ އިންޑިއާ އަސްކަރިއްޔާ އިން ދިވެހި މަސް ދޯނިތަކަށް އަރާފައި ވަނީ ރާއްޖޭގެ އެއްވެސް އިދާރާއަކަށް އެންގުމަކާއި ނުލާ ކަމަށާއި އެ މީހުން އަރާފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ވެސް ހިލާފަށް ކަމަށެވެ.
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި