ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަމުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އެކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެން ކޮން ބައެއްކަން ނޭނގޭ ގޮތަށް ކަމަށާއި އެހެންނަމަވެސް އެކަން ކުރި ބަޔަކު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ސީޕީ ވަނީ އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޖީ ޝަމީމަށް ހަމަލާ ދީފައި ވަނީ އޭނާގެ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބިރި ގެއަށް ވަޑައިގެންނެވި ތަނުން ކަމަށްވެއެވެ. އަދި އެ ހަމަލާގެ ސަބަބުން ޝަމީމްގެ ވާތު އުޅަނބޮށީގެ ކަށިތަކުގައި ރެނދުލާފައިވާ ކަމަށްވެއެވެ.
ފަރުވާ އަށް ޝަމީމް ވަނީ ދޫކޮށްލައިފައެވެ. ސޯޝަލް މީޑިއާގައި ޝަމީމް އިއްޔެ ވިދާޅުވީ އެނބުރި ވަޑައިގަންނަވާނީ ގަދަކޮށް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ