ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަކީ ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ބޮޑު އަގުލަބިއްޔަތުން، ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވިތާ އަދި މިވީ ދެ މަސް ދުވަސް ކަމަށެވެ.
އެމަނިކުފާނު ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނި ނުވާހާ ހިނދަކު، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ނިޔަތުގައި ބަޔަކު ވެރިކަމާ ހަވާލުވުމަށް، އެއްވެސް ހަމައެއް ލަމައެއްނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަކީ ނުވަތަ އަޒުލް ކުރަން ހުށަހެޅުމަކީވެސް، ދިވެހިރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ނޫން ކަމަށް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި، ޑިމޮކްރަސީގެ އުސީލުތަކާއި ވެސް މުޅީން ހިލާފު އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެން ދާނީ އިތުރު ހިތާމައި ނިކަމެތި ކަމެވެ. އެހެން ކަމުން ރައީސުލް ޖުމްހޫރިއްޔާ އަޒުލް ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.،" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ޕޯސްޓުގައި މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި، ގައުމަށް ކުރިއެރުން ހާސިލް ކޮށް ދިނުންކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ.
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން