އެމްޑީޕީގެ މެމްބަރުން ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާއިރު، އާ މެމްބަރުން އިންތިހާބު ކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާތައް ނުހިމަނާ މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ.
އެ ބަދަލާއެކު މިހާރު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނި ރައީސް މަގާމުން ވަކި ކުރެވޭނެ އެވެ. އެއީ 54 މެމްބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ވަކި ކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެކަމާ ގުޅިގެން އެ އިސްލާހު ބާތިލް ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ޖުމްލަ މެންބަރުން ގުނާ އަދަދަށް ބަދަލު ގެނެސްފައިވާ އިރު ރައީސް އާއި ނައިބު ރައީސް ވަކި ކުރެވޭ މަރުހަލާތައް އަވަސް ކުރަން ވެސް މަޖިލީހުގެ ގަވައިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ އިސްލާހުތައް ހުށަހެޅީ މިހާރު އެމްޑީޕީ އާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް