ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ޖުމްލަ 41 ދާއިރާއަކަށް ވާދަ ކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލީހަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 13 އަންހެނަކާއި 33 ފިރިހެނުންނާއެކު ޖުމްލަ 46 ކެންޑިޑޭޓަކު ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ. އެޕާޓީގެ ޓިކެޓު ގިނަ ބޭފުޅުން ވަނީ ޕްރައިމަރީއަކާއި ނުލާ ކަށަވަރު ކުރައްވާފައެވެ.
އެޕާޓީގެ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މިހާރު މަޖިލީހުގައި އެޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެޕާޓީގެ ޕްރައިމަރީ އޮތީ ހަތަރު ދާއިރާއެއްގައެވެ.
މަޖިލިސް އިންތިހާބުގެ ޕްރައިމަރީ މިހާތަނަށް ބާއްވާފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ. އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ވަނީ ނިންމައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ