ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ކުރިމަތިލާ މީހުންނަށް، އިލެކްޝަންސް ކޮމިޝަނުން، މިއަދު އެ ފުރުސަތު ހުޅުވާލައި، އެކަން އާންމުކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެގޮތުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14ވަނަ ދުވަހާ ހަމައަށެވެ. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށާއި ހުކުރު ދުވަހު އެޕްލިކޭޝަން ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށް ވެސް ހަބީބުގެ ޕޯސްޓުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މާޗު މަހުގެ 17ވަނަ ދުވަހުއެވެ.
"އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ. އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން. ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން،" ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ސަރުކާރު ހިންގާ ކޯލިޝަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރައިމަރީ ބާއްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އޮތީ ނިންމައިފައެވެ.
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި