ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނަޓަށް އައްޔަން ކުރައްވާފައިވާ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް މަޖިލީހުން ރުހުން ދީފިއެވެ.
މިއަދު މަޖިލީހުގައި އަންނަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަމުންނެވެ. މި ޖަލްސާގައި މަޖިލީހުން އަންނަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަމުންނެވެ. މި މައްސަލަ އަށް މިހާރު ވޯޓަށް އަހަމުން އަންނައިރު ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.
ރުހުން ނުލިބުނު ވަޒީރުން:
ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
މި ބޭފުޅުން ފިޔަވާ އެހެން ހުރިހާ ވަޒީރުންނަށް މަޖިލީހުން މިއަދު ވަނީ ރުހުން ދީފައެވެ.
ތަފްސީލް އަންނަނީ...
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި