ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ޑރ. އަލީ ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލީހުން ނިންމައިފިއެވެ.
މިއަދު މަޖިލީހުގައި އަންނަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަމުންނެވެ. މި ޖަލްސާގައި މަޖިލީހުން އަންނަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަމުންނެވެ. މި މައްސަލަ އަށް މިހާރު ވޯޓަށް އަހަމުން އަންނައިރު ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.
ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއެވެ.
ހައިދަރަކީ ބޭފުޅުންނަކީ ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ރުހުން ދޭން ނުފެންނަ ކަމަށް ނިންމާފައިވާ ބޭފުޅެކެވެ.
ހައިދަރުގެ އިތުރުން ބަންޑާރަ ނާއިބުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ރުހުމެއް ނުލިބުނެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމަށް ލިބިވަޑައިގަތީ 30 ވޯޓެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ. މީގެއިތުރުން ބަންޑާރަ ނާއިބަށް ލިބިވަޑައިގަތީ 24 ވޯޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ