ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ސޮއި ހަމަކޮށްފިއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެގޮތަށް ނިންމީ މިއަދު ބޭއްވި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ކަމަށެވެ.
ރައީސް މުއިއްޒު އަޒުލް ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައި މިވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާއި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށެވެ. އަދި އެ މައްސަލާގައި މަޖިލީހާއި ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް އަޒުލް ކުރުމުގެ މަސައްކަތް އެމްޑީޕީން ފެށިއިރު ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލް ކުރުމާއި ގުޅޭ މާއްދާތަކަށް ގިނަ އިސްލާހުތަކެއް މަޖިލީހުގެ ގަވާއިދަށް ވަނީ ގެނެސްފައެވެ.
އެ އިސްލާހު އޮތް ގޮތުން އޭރު އެމްޑީޕީގައި ތިއްބެވި މަޖިލިސް މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސާއި ނާއިބު ރައީސް މަގާމުން ވަކި ކުރެވިދާނެއެވެ. ނަމަވެސް އެމްޑީޕީގެ 13 މަޖިލިސް މެންބަރަކު މިހާރު ޕީއެންސީއަށް ވަނީ ގުޅިވަޑައިގެންނެވެ.
އެހެންކަމުން މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 44 އެވެ. ނަމަވެސް އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ވަނީ އެއްގަލަކަށް އަރާ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވެސް ކުރިޔަށް ގެންދަނީ ދެޕާޓީ އެކުވެގެން ކަހަލަ ގޮތަކަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގައި ތިބި 13 މެންބަރުންގެ ވޯޓާއެކު އަދިވެސް ރައީސާ ނާއިބު ރައީސް އަޒުލް ކުރެވެން އެބައޮތެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް