ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު ބާއްވަން ނިންމާފައިވާ ދައުރުން ބޭރުގެ އިތުރު ޖަލްސާ އަކަށް އެޖެންޑާ ކޮށްފިއެވެ.
އެގޮތުން މިއަދުގެ މެންދުރު 13:00 އަށް އިތުރު ޖަލްސާއެއް ވަނީ އެޖެންޑާ ކޮށްފައެވެ. އިއްޔެ ވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް އެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. އިއްޔެގެ ޖަލްސާ ކުރިޔަށް ނުދިޔައީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ވިސްނުން ހުރީ ބައެއް ވަޒީރުންނަށް ނުދޭން ނިންމުމާއި ގުޅިގެންނެވެ.
ސަރުކާރަށް ތާއީދު ކުރާ މެންބަރުން އިއްޔެ ވަނީ މަޖިލިސް ޖަލްސާ ކުރިޔަށް ގެންދަން ހުރަސް އަޅައިފައެވެ. އެގޮތުން މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަށް ބަހައްޓާފައިވާ މައިކުތައް ނަގާފައިވާއިރު ދުންމާރި ބޭނުން ކޮށްގެން ތަޅުމުގައި ވަނީ އަޑުގަދަ ކޮށްފައެވެ.
ރުހުން ނުދޭ ނިންމުމާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން މަޖިލިސް އިދާރާ ކައިރީގައި އިއްޔެ ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.
މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ އާއްމު ފަރާތްތަކާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ހިމެނެއެވެ. އެ ފަރާތްތަކުން ބުނަމުން އަންނަނީ ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ތަރައްގީ އަށް ހުރަސް އެޅުން ކަމަށެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި