ގުޅީފަޅުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ ތެރެއިން 100 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގުޅިފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓަރުގެ ބިން އިއްޔެ ހިއްކާ ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރަމުން ގެންދަނީ ނެދެލެންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހުއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޭރު ނިންމީ ގުޅީފަޅުން 65 ހެކްޓަރުގެ ބިން ހިއްކާށެވެ. އެއީ އެތަނުގައި ސަރަހައްދީ ބަނދަރެއް ގާއިމް ކުރުމަށާއި މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށާއި އެއްކޮށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމީ ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ގިރާވަރުފަޅުން ވެސް އިތުރަށް ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ