ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގަޔަށް އަތްލާ މާރާމާރީ ހިންގީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެކަމަށް ހިތްވަރު ދެއްވައިގެން ކަަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނެފިއެވެ.
ޕީޕީއެމް/ޕީއެންސީން ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަވާ، އެޖަލްސާގެ ތެރޭގައި މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުން އަދި އެކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ދައުރުން ބޭރުން ބޭއްވުނު ޖަލްސާގައި އެ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ ގަޔަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލާ މާރާމާރީ ހިންގާ، އަދި މެންބަރެއްގެ ބޯ ފަޅާލާފައިވާ ކަމަށާއި އެކަންކަން ހިނގަމުން ދިޔައިރު، އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު އެކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ބަޔާނުގައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރެވޭއިރު، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން އެ ކޯލިޝަނުން ކުރަމުން ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ޕީޕީއެމް/ޕީއެންސީން މިފަދައިން ބުނިއިރު އެ ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުން ވަނީމަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހްމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފައެވެ.
މި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީއޭގެ މަޖިލިސް މެންބަރުން ހިމެނޭހެން ޖުމްލަ 23 މެންބަރަކު ސޮއި ކުރައްވައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި