ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ފަށާފައި ވަނީ ހެނދުނު 10:00ގައެވެ. އަދި ވޯޓުލުން ނިމޭނީ ހަވީރު 17:00ގައެވެ. މި ޕްރައިމަރީގައި ޖުމްލަ 73 ދާއިރާއެއްގެ ވޯޓުލުން ކުރިޔަށް ދާނެއެވެ.
ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިހާބުގައި 71،597 މީހުންނަށް ވޯޓުލެވޭނެ ކަމަށް ޕީޕީއެމް ޕީއެންސީން ބުންޏެވެ.
ޕްރައިމަރީގައި ވޯޓުލާ ރަށްރަށުގެ ވޯޓުފޮށި ހެންވޭރު ދަނޑުގައި ބަހައްޓާފައިވާއިރު މާލެ ސަރަހައްދުގެ މީހުންގެ ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލެ ޔޫތު ސެންޓަރާއި ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައެވެ.
ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ފެށިއިރު ޕްރައިމަރީއާ ނުމާ 13 ބޭފުޅަކަށް ވަނީ މިހާރުވެސް ޓިކެޓު ކަށަވަރުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ