ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ކުދި ވިޔަފާރިތަކަށް ދޭންޖެހޭ 7 ބިލިއަން ރުފިޔާ ނުދީ އެބަހުރި ކަމަށް އެމަނިކުފާނު ސަރުކާރުގައި އިގްތިސޯދީ ވަޒީރަކަށް އައްޔަން ކުރައްވާފައިވާ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރުންނާއި ބޭނުން ކޮންމެ ސުވާލެއް އާއްމުންނަށް ކުރެވޭ ގޮތަށް ފެށި "އަހާ" ނަމަކަށް ކިޔާ ފޯރަމްގައި ރޭ އާއްމު ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ އެތައް ބިލެއް ކުރީ ސަރުކާރުން ނުދައްކާ އެބަހުރި ކަމަށެވެ.
"ދައުލަތް ދަރާ އެބައޮތް 7 ބިލިއަން ރުފިޔާ. އެއީ ކުދި ވިޔަފާރިތަކަށް،" ސައީދު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް އަދި ވީ ދެމަހާއި ދުވަސްކޮޅެއް ކަމަށާއި އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ބިލުތަކަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެގޮތުން މިހާރު ނުދައްކާ ހުރީ 3.5 ބިލިއަން ރުފިޔާ ކަމަށް ސައީދު ވިދާޅުވިއެވެ.
"ސަތޭކަ ބާވީސް ބިލިއަނަށް ދަރަނި އެބައޮތް ފުނި ޖެހިފައި. ފައިސާގެ ހާލަތު ވަރަށް ނާޒުކު ހާލަތެއްގައި އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ހުރީ ވަރަށް ނާޒުކު ހާލަތެއްގައި،" ސައީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރުގެ ހާލަތުން އަރައިގަންނާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާތައް ދިވެހި ރައްޔިތުންނަށް އަވަސް މުސްތަގުބަލެއްގައި ފެނިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ