ރާއްޖޭގައި އުޅޭ ބިދޭސީން ހިންގާ ވަގު ވިޔަފާރިތައް ހުއްޓުވުމުގެ ގޮތުން، އެ ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމަށް ބާއްވާ ފުރަތަމަ ފޯރަމްގައި ރޭ އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އެއްވެސް ބިދޭސީއަކަށް ކުދި ވިޔަފާރިތަކުގެ ތެރެއަށް ވަދެ، ވިޔަފާރި ކުރުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ. ސައީދު ވިދާޅުވީ އެކަމުގައި މިންގަނޑުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.
"އިއްޔެގެ ވަގުތެއްގައި ދިވެހި ފުލުހުންނާއެކު އަޅުގަނޑުމެން [އިކޮނޮމިކް މިނިސްޓްރީން] ބޭއްވިން ބައްދަލުވުމެއް. އެ ބައްދަލުވުމުގައި ހޯމް ލޭންޑް ސެކިއުރިޓީ ވެސް ހިމެނޭ ގޮތަށް އަޅުގަނޑު ފުލުހުންނަށް އެދުނިން ބިދޭސީން ކުރާ ވިޔަފާރިތަކުގެ ތެރޭގައި އައިޑެންޓިފައި ކޮށްފައި ހުއްދަ ނެތް ވިޔަފާރިތައް މިނިސްޓްރީ އަށް އެންގީމާ އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ވާހަކަ،" ސައީދު ވިދާޅުވިއެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ނަމަކަށް ކިޔާ އެ ފޯރަމްގައި މިނިސްޓަރު ވަނީ ހުއްދަ ނެތި ބިދޭސީން ކުރާ ވިޔަފާރިތަކާއި އެއްވަރަށް މިނިސްޓްރީގެ މަސައްކަތްތައް ފުޅާ ކުރުމަށް ފުލުހުންނާއެކު ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އަދި އެކަށީގެންވާ މިންވަރަށް ނަތީޖާ ނެރެވޭ ވަރަށް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ