އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމުނު ނަމަވެސް، އަމީނީ މަގުގެ މެއިންޓަނަންސް މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އަމީނީމަގުގެ މަސައްކަތަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި މަސައްކަތެކެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު އަމީނީ މަގުގެ އެންމެ ފަހުގެ ދެ ސެގްމަންޓުގެ މަސައްކަތް އޮތީ ނުނިމިއެވެ. އެހެންކަމުން ފަހު ދެ ސެގްމަންޓުގެ މަސައްކަތް ކޮށްފައި ވަނީ އައު ސަރުކާރުންނެވެ. މަސައްކަތް ކުރިޔަށް ގެންދިޔައީ ކުރިންވެސް އެ މަސައްކަތް ކުރި އާރްޑީސީންނެވެ.
ތަރައްގީ ކުރިތާ މާގިނަ ދުވަސް ނުވާ އަމީނީ މަގުގައި ހައުސިން މިނިސްޓްރީއާ ދިމާލުން ވަޅުގަނޑެއް ހެދިފައިވާތީ ސޯޝަލް މީޑިއާގައި އާއްމު ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕޯސްޓަށް ޖަވާބު ދެއްވާ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބް ވިދާޅުވީ އިއްޒުއްދީން މަގާއި ހަމައަށް ތާރު އަޅާފައި ބަޔަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތް ކަަމަށެވެ. އަދި ވިދާޅުވީ އާރްޑީސީން އަމީނީ މަގުގައި ހުރި މައްސަލަތައް ބަލާ ހައްލު ކުރަމުން ދާނެ ކަމަށެވެ.
މީގެއިތުރުން އާރްޑީސީން ވެސް ވަނީ އެ ޕޯސްޓުގައި ފެންނަ ވަޅުގަނޑުގެ ހަގީގަތް ހާމަކޮށްފައެވެ.
"ހިއްސާކުރި ވީޑިއޯގައި އެ ފެންނަނީ އެމްޑަބްލިއުއެސްސީގެ ވޯޓަރ ގޭޓް ވޭލްއެއް. އެތަން މިހާރު ވަނީ މަރާމާތު ކުރެވިފައި،" އާރްޑީސީން ބުންޏެވެ.
އެކުންފުނިން ބުނީ އަމީނީމަގު މަޝްރޫއުގެ ތެރޭގައި އެމަގުގެ މެއިންޓަނަސް މަސައްކަތްތައް ބެލެހެއްޓުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން ޖަންކްޝަންތަކާއި މަގުގެ މެއިންޓަނަސް މަސައްކަތް ކުރަމުންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި