މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވެ, ސަލާމަތްވެއްޖެ އެވެ.
ދެހާސް ސަތާރަވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މޫސާ އަހުމަދަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އަދި އެ ހެކިވެރިޔާ ފަހުން ކޯޓަށް ފޮނުވި ސިޓީއެއްގައި، ކުރިން ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެފައިވާތީ އެ ހެކިވެރިޔާގެ ހެކިބަހަކީ އިތުބާރު ހިފޭ ހެކިބަހެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ވީޑިއޯ ފުޓޭޖްތަކުން، ސައްމާހު ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ބުންޏަސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެކަމާ ސަައްމާހުއާ ގުޅުވާލެވޭނެ ހެއްކެއް ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ސައްމާހުގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.
އެ މައްސަލާގައި ސައްމާހު އާއި އިތުރު މީހެއްގެ މައްޗަށް މަގްބޫލު ސަބަބެއް ނެތި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ކުރި އެވެ. އެއީ ހަމަލާދިން ސަރަހައްދުގައި ވަޅި ގެންގުޅުނު ކަމަށް ބުނެ އެވެ. ނަމަވެސް އެ ދައުވާ ވެސް ސާބިތުނުވާ ކަމަށް އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި