ދާދިފަހުން ބޭއްވި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވި އާދަމް އާޒިމް މާލޭ މޭޔަރު ކަމުގެ ހުވާ ކުރައްވައިފިއެވެ.
މާލޭ މޭޔަރުގެ މަގާމުގެ ހުވާ އާޒިމް ކުރެއްވީ މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.
ރައީސް ކަމަށް ރައީސް މުއިއްޒު އިންތިހާބު ވެވަޑައިގަތުމުން އެމަނިކުފާނުގެ ސަރުކާރުގެ އިސް ބައެއް އެހެން މަގާމުތަކަށް މާލެ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުން ވަނީ އައްޔަން ކުރައްވައިފައެވެ. އެހެންކަމުން އެ ދާއިރާތަކަށް ވެސް ކައުންސިލަރުން ވަނީ އިންތިހާބު ކުރައްވައިފައެވެ.
އެއީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާނެވެ.
މި ކައުންސިލަރުންގެ ތެރެއިން ރިޝްވާން މިއަދުގެ ވަގުތެއްގައި ޕީއެންސީއަށް ވަނީ ގުޅިވަޑައިގެންފައެވެ.
މާލޭ މޭޔަރު ކަމަށް އާޒިމް އިންތިހާބުވެވަޑައިގަތީ އިތުރު ހަތަރު ކެންޑިޑޭޓަކާއި ވާދަ ކުރައްވައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ