ސަރުކާރު ހިންގާ މައި ދެޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގައި ތިބި މެންބަރުންގެ އަދަދު 64،000 އަށް އަރައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކޮށްފައިވާ ފައިސާތަކުގެ ތަފްސީލު ހިއްސާ ކޮށްފައެވެ. ޕީޕީއެމް/ޕީއެންސީ އަށް އެކު ޖުމްލަ ދައުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ޕީޕީއެމް އަށް 10 މިލިއަން އަދި ޕީއެންސީ އަށް 8 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ނިމުނުއިރު ޕީޕީއެމްގައި 36،233 މެންބަރުން ތިބި ކަމަށާއި ޕީއެންސީގައި މިދިޔަ އަހަރު ނިމުނުއިރު 28،201 މެންބަރުން ތިބި ކަމަށް އީސީން ބުންޏެވެ.
ވަކި ޕާޓީއަކަށް އެންމެ ގިނަ ފައިސާ ލިބިފައި ވަނީ އެމްޑީޕީ އަށެވެ. އެޕާޓީގައި މިދިޔަ އަހަރު ނިމުނުއިރު 52،142 މެންބަރުން ތިބި ކަމަށް އީސީން ބުންޏެވެ. އެހެންކަމުން އެޕާޓީ އަށް ދައުލަތުގެ ބަޖެޓުން 15 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ދެން ފައިސާ ލިބުނު ޕާޓީތަކާއި ފައިސާ ލިބުނު މިންވަރު:
- އަދާލަތު ޕާޓީ: ދެ ލައްކަ ރުފިޔާ
- ޖުމްހޫރީ ޕާޓީ: ފަސް ލައްކަ ރުފިޔާ
- އެމްޑީއޭ: ދެ ލައްކަ ރުފިޔާ
ދައުލަތުން ފައިސާ ދެމުން ގެންދަނީ އެ އަހަރެއްގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ސިޔާސީ ޕާޓީތަކަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								