ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެ ލިސްޓަށް ޖުމްލަ 700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފިއެވެ.
މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައި ވަނީ އިއްޔެގެ 15:00އާ ހަމައަށެވެ. އެ ވަގުތު ހަމަވިއިރު ޖުމްލަ 746 ޝަކުވާއެއް ވޯޓާސް ލިސްޓަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުންޏެވެ.
ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާގެ ތެރެއިން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ އެޑްރެސް ބަދަލު ވެގެންނެވެ. އެގޮތުން އެޑްރެސް ބަދަލުވެފައި އޮތުމުން 450 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. އަދި އެ ލިސްޓުގައި މަރުވެފައިވާ މީހުން ހިމެނިފައި ވާތީ 225 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުން ވޯޓުލާ ދާއިރާ ބަދަލުވެފައި އޮތުމުން 40 ޝަކުވާއެއް ހުށަހަޅާފައިވާއިރު ލިސްޓުގައި ނަން ނެތުމުން ފަސް ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި