ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ފައިސަލް އަކީ މީގެ 16 އަހަރު ކުރީން ޖުމްހޫރީ ޕާޓީ އުފެއްދީންސުރެ އެޕާޓީގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިސް ބޭފުޅުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ފައިސަލް ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ރައްޔިތުންގެ ހާއްސަ މަޖިލިހުން 2004 ވަނަ އަހަރުއެވެ.
އަދި 17ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ފައިސަލް ވަނީ ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައެވެ. 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ހަމައަށް ވެސް އެމަނިކުފާނު ދިޔައީ މަޖިލީހުގެ އެ ގޮނޑި ފުރުއްވަމުންނެވެ.
ޖުމްހޫރީ ޕާޓީން ފައިސަލް ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ. ނަމަވެސް އެޕާޓީގެ ލީޑަރާ ފައިސަލްއާ ދެމެދު އޮތް ގުޅުން އެހާ ރަނގަޅު ނޫން ކަމުގެ އަޑުތަކެއް މީގެކުރިން ވެސް ފެތުރިގެން ދިޔައެވެ.
ފައިސަލަކީ ފަސް އަހަރު ދުވަހުގެ ފުރިހަމަ ދައުރެއް ފުރަތަމަ ފަހަރަށް އަދާކުރެއްވި ނާއިބު ރައީސެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ