ރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމުގައި އަމަންއަމާންކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ދީފިއެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯ ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އޭނާ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވަނީ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސިފައިންނަށް ތަމްރީނުގެ ފުރުަސތުތައް ފަހިކޮށްދީ، ގާބިލުކަން އިތުރުކުރުމަށް އެމެރިކާ އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
ކޮމާންޑަރު އެޑްމިރަލް ޖޯން އަކުއިލީނޯ ވަނީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ