ރާއްޖޭގެ އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން، އިމާމުން ތަމްރީނު ކުރުމުގެ ފުރަތަމަ ބުރު އަންނަ މަހު ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނީ ދީނީ ގޮންޖެހުންތަކާއި އިލްމީ، އަހްލާގީ އަދި ފިގުހީ މައްސަލަތަކަށް އަމާޒުކޮށް ރާއްޖޭގެ ހުރިހާ އިމާމުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއުއެއް އިއުލާން ކުރެވޭނެ ކަމަށެވެ. މީގެ ފުރަތަމަ ބުރު ފެބްރުއަރީގައި ގއ. އަތޮޅުގައި ފަށާނެ ކަމަށާއި އެ ބުރުގައި 77 އިމާމުން ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި 8،000 އިމާމުން އެބަތިބި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ ރާއްޖޭގެ އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އިމާމުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލް ކުރެވޭނެ ގޮތް ވަރަށް އަވަހަށް ތަނަވަސް ކޮށްދެއްވާނެ މިނިސްޓަރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ