މާލޭގައި ޖިނާއީ ޝަރީއަތްތައް ހުއްޓިފައި އޮތް އޮތުމަށް ހައްލެއް ދިނުމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ގޮވާލައްވައިފިއެވެ.
މިދިޔަ މަހު މާލެ އަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓަށް ގެއްލުންވެ މިމަހުގެ ދެވަނަ ދުވަހު ތާވަލުކުރި ޝަރީއަތްތައް ވެސް ކެންސަލް ކުރިއެވެ. އެކަމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވިއެވެ. މެޖިސްޓްރޭޓު ކޯޓުތަކުން ހިންގާ ޝަރީއަތްތަކުގައި މާލޭގައި ތިބޭ މީހުންގެ ހެކިބަސް ނަގަނީ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްގެންނެވެ.
ރޭ ޖުޑީޝަލް އަހަރު އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިވަގުތު ކްރިމިނަލް ކޯޓުގައި ކުރެވެނީ ކޮންމެހެން ނެރެން ޖެހޭ ކޯޓު އަމުރުތައް ނެރުމުގެ މަސައްކަތް އެކަނި ކަމަށެވެ. ފަނޑިޔާރުންނާއި މުވައްޒަފުން އިށީންދެވަޑައިގަންނަވާނެ ތަނެއް ވެސް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ނަތީޖާއަކީ ޖިނާއީ ހުރިހާ މައްސަލަތައް މާލޭގައި މިވަގުތު ހުއްޓިފައިވުން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގެ އިތުރުން މާލޭގެ އެހެން ބައެއް ކޯޓުތަކަށް ވެސް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ، ނަމަވެސް އެ ދަތިތަކާއެކު ނަމަވެސް އެ ކޯޓުތަކުން ހިދުމަތްތައް ދެމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި