ސަރުކާރުން މާލެ ސިޓީ ކައުންސިލަށް އެއްވެސް ނުފޫޒެއް ފޯރުވަމުން ނުދާ ކަމަށް އެ ކައުންސިލް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުން އިއްޔެ ވަނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފައެވެ.
އެކަމާއި ގުޅިގެން ދާދިފަހުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އާޒިމް ވަނީ މާލެ ސިޓީގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައި ވަނިކޮށް އަދި ގާނޫނުއަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކާއި ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ސިޓީ ކައުންސިލަށް ވަންނަވައިގެން މަސައްކަތް އަތުލައްވަން ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށާއި އަދި އިންތިހާބު ކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ގޮވާލައިފައެވެ.
އެކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ކައުންސިލްގެ ފްލޯއަށް ހުށަހަޅާ މަޝްވަރާކުރެވުނު މައްސަލައެއް ކަމަށެވެ.
އަދި ވިދާޅުވީ ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								