މާލޭގެ ރެސްޓޯރެންޓެއްގައި ގޭސް ފުޅިއެއް ގޮވާ ތިން މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ "އެންޖީބީ" ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައި ގޭސް އެކްސްޕްލޯޝަނެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ސްރީލަންކާގެ ކައްކާ އަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އެމީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ވެސް އިތުރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ