މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެކައުންސިލުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގައި ސިޓީ ކައުންސިލުން މީގެކުރިން ހިންގާފައިވާ މަޝްރޫއުތަކުގެ އިދާރީ ބައެއް ކަންކަން ބައްލަވަމުން ގެންދެވި، މިހާރު ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ޝާހިދު ވަނީ ކަރުދާހެއް ހުށަހަޅުއްވާފައެވެ. އެ ކަރުދާހުގައި 100 މިލިއަން ރުފިޔާ އަށްވުރެ މަތީީގެ މަޝްރޫއުތައް ސަރުކާރަށް ދިނުމަށް ސަރުކާރަށް ދިނުމަށް ހުށަހެޅުއްވިއެވެ.
"ކޮންމެ ޕްރޮޖެކްޓަކީ ވެސް އުސޫލެއްގެ ގޮތުން އިވެލުއޭޝަނެއް ހަދާކަމަށްވެއްޖެއާ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ޕްރޮޖެކްޓުތަކެއް، ޝާހިދު ވިދާޅުވިއެވެ.
"މި ޕްރޮޖެކްޓުތަކަށް ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްތަކަށް އެއްވެސް ބަދަލެއް ނުގެެނެސް މި ޕްރޮޖެކްޓުތައް އަވަސް ކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާއަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖް ކުރުމަށް ހަވާލު ކުރުމަށް. އެ ވުޒާރާއެއްގެ ގޮތުގައި އަޅުގަނޑު މި ހުށަހަޅަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ،" ޝާހިދު އިތުރަށް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ އަތުގައެވެ. އެ ބޭފުޅުން ވަނީ ޝާހިދު ހުށަހެޅުއްވި ކަރުދާސް އެ އޮތް ގޮތަށް ފާސް ކޮށްފައެވެ.
މާލެ ސިޓީ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އިންތިހާބުވެ، އޭނާ އަންނަ ހޯމަ ދުވަހު ހުވާ ކުރެއްވުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް