ދިވެހިރާއްޖެ އަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ޑަބްލިއުއެޗްއޯ އިން ރާއްޖެ އަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ދިގު މުއްދަތަކަށް ރާއްޖެއިން ހެޕަޓައިޓިސް ބީ ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާތީ އާއި، ގިނަ ބަޔަކު އެ ވެކްސިން ޖަހާފައިވުމުން ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މި ފަހުން ހެދި ސާވޭއެއްގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކުރިއިރު އެއްވެސް ކުއްޖަކު ގައިން އިންފެކްޝަން ފެނިފައި ނުވެއެވެ.
އަދި ގަވައިދުން މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީ އަށް ސްކްރީން ކުރުމާއި، ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވި، ޕޮޒޮޓިވެފައިވާ އަންހެނުން ވިހާ ކުދިން ރައްކާތެރި ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލްވެފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ