މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުން ދިޔަ ވިއްސާރާގައި ޖުމްލަ 9 ރަށަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ މިދިޔަ މަހު ކުރި ވިއްސާރާގައި ޖުމްލަ 9 ރަށަކުން 103 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނައިން ގެއްލުން ލިބިފައި ވަނީ އައްޑޫ ސިޓީ ފޭދޫގެ ގެތަކަށާއި ކ. ގުރައިދޫގެ ގެތަކަށެވެ.
އެންޑީއެމްއޭ އިން ބުނީ ފޭދޫގެ 62 ގެއަކަށް ގެއްލުންވި ކަމަށެވެ. އަދި ގުރައިދޫގެ 25 ގެއަކަށް ގެއްލުންވި ކަމަށެވެ.
ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށް ގެއްލުން ލިބިފައި ވަނީ 90 ގެއަކަށް ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ އެސެސްމަންޓު ހެދުމަށްފަހު ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން 474،349 ރުފިޔާގެ އެހީ ގެތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް